ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު އަލިފު އަލިފު އަތޮޅު ހިމަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނީ ހިމަންދޫގައި ހުޅުވުނު އައު އޭޓީއެމް ސެންޓަރު މެދުވެރިކޮށް ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެކަމަށެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފަރ ކުރުން ހިމެނެއެވެ. މިއަދު ހިމަންދޫގައި ހުޅުވުނު އޭޓީއެމް ސެންޓަރުގެ އިތުރުން ދާދިފަހުން ހުޅުވުނު ފެރިދޫ އާއި ބޮޑުފޮޅުދޫ އަލިފު އަލިފު އަތޮޅުގައި ބީއެމްއެލް އިން މިވަނީ ޖުމްލަ 7 އޭޓީއެމް ސެންޓަރު ގާއިމްކޮށްފައި ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 92 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 148 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.