1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ގެ ވެބްސައިޓް އިފްތިތާހު ކޮށްފި

8i
ދިވެހިންގެ އުފެއްދުންތަކުގެ މައުރަޒެއްގެ ތެރެއިން
މަރްޔަމް ޝަފާ ސައީދު
419ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

 

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގެ ވެބްސައިޓް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އަންނަ އަހަރުގެ މެއި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ.

އައު ވެބްސައިޓް މެދުވެރިކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި މައުރަޒާ ގުޅޭ އެންމެހާ މަޢުލޫމާތު ވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމަށް މަގުފަހިކޮށްދިނުމެވެ.

300 × 250

ސަރުކާރުން މި މައުރަޒާ ގުޅޭ ގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ދިވެހިންގެ އުފެއްދުންތެރިކަން ދުނިޔެއަށް ދެއްކުމުގެ މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން އުންމީދުކުރައްވައެވެ.

މި މައުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެއްގެ ގޮތުގައި ބެލެވެއެވެ. އަދި މީގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފާހަގަކުރެވި، އެ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރާއި ޤާބިލުކަން ދައްކާލުމުގެ މުހިންމު ފުރުޞަތެއް ކަމަށްވާތީ، ގިނަ ފަރާތްތަކުން މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި