1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ލައިފްސްޓައިލް

ހޫނު ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކުޅި އެއްޗެހި ކަމުދަނީ ކީއްވެ ހެއްޔެވެ؟

girl-eating-chili
މަރިޔަމް މިސްކް
480ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބައެއް މީހުން އެއްވެސް ޖެހިލުމެއް ނެތި މިރުސް ކާލާއިރު އަނެއް ބަޔަކު އަސޭމިރުސް ކޮޅެއްވެސް ކެއުމުގައި ބޭނުންކުރަން ފަސްޖެހެނީ ކީއްވެބާއޭ ހިތަށް އަރާ ހެއްޔެވެ؟

ދުނިޔޭގެ އެންމެ ކުޅި ކެއުންތައް ނިސްބަތްވަނީ ކޮން ގައުމުތަކަކަށް ހެއްޔެވެ؟ ބެލެވޭގޮތުގައި މި ކެއުންތަކަކީ އިންޑިއާ، މެކްސިކޯ ނުވަތަ ތައިލެންޑް ފަދަ ހޫނުގަދަ ގައުމުތަކަށް ނިސްބަތްވާ ކެއުންތަކެވެ.

ޒަމާނުއްސުރެ ސައިންސްވެރިންނާއި ކާބޯތަކެތި ދިރާސާކުރާ ފަރާތްތަކުން ވަނީ ހޫނު ގައުމުތަކުގައި ދިރިއުޅޭ މީހުން ކުޅިކޮށް ކަނީ ކީއްވެކަން ހޯދުމަށް އެތަކެއް ދިރާސާތަކެއް ކޮށްފައެވެ.

300 × 250

ކުޅިކޮށް ކެއުމުގެ ސަބަބުން ހަށިގަނޑަށް ފިނިކަމެއް އިހުސާސްވޭ ހެއްޔެވެ ؟ މިރުސް ފަދަ ކުޅި ރަހަދޭ އެއްޗެހީގައި ކެޕްސައިސިން ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ފިނިހޫނުމިން ދެމެހެއްޓުން ނުވަތަ ތާމޯރެގިއުލޭޝަންގައި ކެޕްސައިސިން މުހިންމު ދައުރެއް އަދާކުރެ އެވެ.

ކޫލިން އެފެކްޓަކީ ކުޅި އެއްޗެހި ކެއުމުން ހަށިގަނޑަށް ކުރާ ފިނިކަމުގެ އިހުސާސްއެވެ. މިއީ އާންމު ވިސްނުމާއި ހިލާފު ކަމެއް ހެން ހީވި ނަމަވެސް ހޫނުކަން އިހުސާސްވާނަމަ ކުޅި އެއްޗެހި ކާހިތްވެއެވެ. ކުޅި ކާނާގެ ސަބަބުން ހަށިގަނޑު ފިނިކުރުމަށް މަސައްކަތް ކުރެއެވެ. މިރުހުގައި ކެޕްސައިސިން އެކުލެވިގެންވާ އިރު، މިއީ މިރުހަށް އޭގެ ޒާތުގައި ކުޅި ރަހަ ގެނުވައިދޭ މާއްދާއެވެ. މީގެ އިތުރުން ކުޅި ކާނާގެ ގަދަ ރަހައިގެ ސަބަބުން ކާހިތްގެނެސްދެއެވެ. އަދި އޭގައި އެންޓިމައިކްރޯބިއަލް ބައިތައްވެސް އެކުލެވިގެންވާ އިރު، އޭގެ ސަބަބުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ.

އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތައް ގިނަ ދުވަހު ރައްކާތެރިކަމާއެކު ބެހެއްޓުމުގައި މިރުހަކީ ވަރަށް އިސް ދައުރެއް އަދާކުރާ އެއްޗެކެވެ. ހާއްސަކޮށް ބެކްޓީރިއާ އަދި ޖަރާސީމު ބޮޑަށް އާލާވާފަދަ ހޫނުގަދަ ސަރަޙައްދުތަކުގައި ކާބޯތަކެތި އަވަހަށް ހަލާކުވެއެވެ. ފިޔާ، އަސޭމިރުސް، މިރުސް، ލުނބޯ އަދި އިނގުރު ފަދަ ހަވާދުގެ ބާވަތްތަކުގެ ސަބަބުން ކާބޯތަކެތި ރައްކާތެރިކުރުމަށް އެހީތެރިވެދެއެވެ. މި ތަކެތީގައި އެންޓިމައިކްރޯބިއަލް ބައިތައް އެކުލެވިގެންވުމުގެ ސަބަބުން ކާބޯތަކެތި ހަލާކުވުމުގެ ފުރުސަތު ކުޑަވެ، ހާއްސަކޮށް ހޫނު މޫސުމުގައި ކާބޯތަކެތި ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓުމަށް އެހީވެދެއެވެ. މީގެ އިތުރުން ކުޅި ބާވަތްތައް ކެއުމުގައި ބޭނުންކުރުމުގެ ސަބަބުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގުފަހިކޮށްދެއެވެ.

ކުޅި ކާތަކެއްޗަށް އޮންނަ ލޯބި އަސްލު އުފެދިގެން އަންނަނީ އެބައެއްގެ އާދަކާދައިގެ ތެރެއިންނެވެ. ޒަމާނުއްސުރެ ކެއުމުގައި ބޭނުން ކުރަމުން އަންނަ މިރުހުގެ ބާވަތްތަކަށް ހޭނި މިތަކެތި އެބައެއްގެ ކެއުންތަކުގެ ތެރެއަށް ވަދެގެން ދެއެެވެ. މި ކެއުންތަކާއި ރަހަތައް އެތަކެއް ޖީލުތަކަކަށް ދިގުދެމިގެން ގޮސް އެގައުމެއްގެ ސަގާފަތުގައި ބިންވަޅުނެގިގެން ދެއެވެ. މި ރަހަތައް ގުޅިފައިވަނީ އެއްބައިވަންތަކަމާއި ހިތްހަމަޖެހުމާއި ރައްކާތެރިކަމުގެ އިހުސާސްތަކާއެވެ. ނަމަވެސް ކުޑައިރުއްސުރެ ކުޅި އެއްޗެއްސާއި ދުރުނަމަ އެ ރަހަތަކަށް ހޭނުމަކީ އުދަނގޫ ކަމަކަށް ވެދާނެއެވެ. އަދި މީގެ ސަބަބުން ހަށިގަނޑަށް ގިނަ ފަހަރު ކުއްލި ސިހުމެއް ގެނެސްދެއެވެ. އެގޮތުން މިރުހުގައި ހުންނަ ކެޕްސައިސިން މާއްދާގެ ސަބަބުން އަނގައިގައި ހޫނު އިހުސާސްކުރެވި ސިކުނޑިއަށް އެއީ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ސިފަވެއެވެ. މީގެ ސަބަބުން 'ފައިޓް އޯ ފްލައިޓް ރެސްޕޮންސް' ހަށިގަނޑު ފޮނުވާލައި ދާ ހިއްލުން ފަދަ ކަންކަން ކުރިމަތިވެއެވެ.

ބައެއް މީހުންނަށް ކުޅި އެއްޗެއް ކެއުމުން މި ކުރިމަތިވާ 'އެޑްރިނަލިން ރަޝް' ވަރަށް ހިތްގައިމު އިހުސާސެއްގެ ގޮތުގައި ފާހަގަކުރެ އެވެ. އެއީ ނާރުތަކުގެ ނިޒާމަށް ކުޅިވަރެއް ކުޅުމުން އެ އިހުސާސްވާ ހަލަބޮލި ކަން އިހުސާސްކުރެވޭތީއެވެ.
މިއީ ގިނަ ބަޔަކު ކުޅިކޮށް ކެއުމަށް ޝައުޤުވެރިވުމުގެ ފަހަތުގައިވާ ސިއްރު ކަމުގައި ވެދާނެއެވެ. އެހެންކަމުން، ދެން ފަހަރަކު ކުޅިއެއްޗެއް ކާލާއިރު ހަމައެކަނި ދޭ ކުޅި ރަހައަށް ވިސްނުމުގެ ބަދަލުގައި އޭގެއިން ލިބޭ ހިތްގައިމު ތަޖުރިބާ އާއި މެދު ވިސްނާލާށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި