އުތުރުގެ ރަށެއްގެ ހުސައިން އަލީފް ނަމަކަށް ކިޔާ މީހަކު އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 20 އަހަރަށް ޖަލަށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުސައިން އަލީފްގެ މައްޗަށް އާއިލާގެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ 2018 ވަނަ އަހަރުއެވެ. ދައުލަތުން ހުށަހެޅި ހެކިގަރީނާތަކަށް ބަލާއިރު، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް މި ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެއެވެ.

ޙުކުމް ކޮށްފައިވަނ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، މި ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.