1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

މާބަނޑުވި ފިރިހެނެއްގެ ވާހަކަ އަޑުއެހިންތަ؟

KJD_5914A
ސާޢިދު ޢަލީ
1,611ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާބަނޑުވި ފިރިހެނެއްގެ ވާހަކަ ދުވަހަކުވެސް އަޑުއެއްސެވިންތޯ؟ ގަބޫލުނުކުރެވުނަސް މިއީ ތެދެކެވެ.

އިނގިރޭސިވިލާތުގެ ކެންޓްގައި ދިރިއުޅެމުންދިޔަ ވިލިއަމް ބެނެޓްއަށް އެންމެ ފުރަތަމަ އޭނާ ބަނޑުބޮޑުވެއިންކަން އިނގުނީ 1981 ވަނަ އަހަރުއެވެ. އޭނާގެ އުމުރުން 79 އަހަރު ފުރިގެންދިޔަ އިރު އޭނައަށް ވަނީ މިފަދަ ގޮތަކަށް 30 ފަހަރު ބަނޑުބޮޑުވާން މެދުވެރިވެފައެވެ. މިގޮތަށް އޭނާގެ ބަނޑުބޮޑުވި ނަމަވެސް އޭނާގެ ބަނޑުގައި ދުވަހަކުވެސް ދަރިއެއް ނުވެއެވެ.

އޭނާއަށް ދިމާވެފައިވަނީ ފެންޓަމް ޕްރެގްނޭންސީ ނަމަކަށް ކިޔާ ދުނިޔޭގައި ވަރަށް މަދު ބަޔަކަށް ޖެހޭ ސިއްހީ ހާލަތަކެވެ. އެހެންނަމަވެސް ޑޮކްޓަރުން މިއީ ސިއްހީގޮތުން ބައެއްފަހަރު ފިރިހެނުންނަށް ދިމާވާ މައްސަލައެއްކަމަށް ބަލައިގަނެފައެވެ.

300 × 250

ވިލިއަމް ބެނެޓްގެ ބަނޑުބޮޑު ވަނީ ކޮންމެ ފަހަރަކުވެސް އޭނާގެ ހަތަރު އަންހެން ދަރިންގެ ތެރެއިން ކުއްޖަކަށް ދަރިއެއް ލިބުމުގެ އުފާވެރި ހަބަރާއި އެކުގައެވެ. މިގޮތުން އެނާގެ ކާފަދަރި މި ދުނިޔެއަށް އަންނަންދެން ވިލިއަމްގެ ބަނޑުވެސް ދުޅަވެ ބޮޑުވެފައި ހުރެއެވެ.

އޭނާއަށް މިގޮތަށް ކަންތައް ދިމާވަނީ ހަމައެކަނި އެނާގެ ހަތަރު އަންހެންދަރިންގެ ތެރެއިން ކުއްޖަކު ދަރިމައިވެ އިނުމުންނެވެ. އޭނާގެ އަންހެނުން ދަރިމައިވެ އިނުމުން މި ހާލަތު އޭނާއަށް ތަހައްމަލުކުރާކަށް ނުޖެހެއެވެ.

މިއީ ދުނިޔޭގައި މިހާތަނަށް ގިނަ ޑޮކްޓަރުންނަށް ފެނުނު އެންމެ އާދަޔާހިލާފް އެއް ސިއްހީ ހާލަތަށްވެފައިވާ އިރު ވިލިއަމްގެ ހަށިގަނޑުގައި މި މައްސަލަ ދިމާވެފައިވަނީ އަޖައިބުވާހާ ގިނައިންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި