އެމްކިޔުއޭ އިން 6 ހާހަށް ވުރެ ގިނަ ޕްރޮގްރާމް އޮޑިޓް ފުރިހަމަކޮށްފިއެވެ.
މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ބުނީ ޕްރޮގްރާމް އޮޑިޓްކުރުމަށް ހުށަހަޅާފައިވާ 10،000 ފޯމުތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 6،830 ފޯމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ.
މި ޕްރޮގްރާމް އޮޑިޓްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމެވެ. އެގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުތަށް ފޯރުކޮއްދޭ މަރުކަޒުތަށް ބަލައި ޗެކްކުރުމާއި، އެ މަރުކަޒުތަކުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތަކުގެ ފެންވަރު ކަނޑައަޅައި، އެ ޕްރޮގްރާމްތަށް ކުރިއަށްގެންދަނީ ޤަވާއިދާއި ޤާނޫނާއި ހަމަތާކާއި އެއްގޮތަށްކަން ކަށަވަރުކުރުމުގެ މަސައްކަތް އެމްކިޔުއޭ އިން ދަނީ ކުރަމުންނެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކަޅުތަކުން ފެންވަރު ރަނގަޅު މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމާއި، ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ހަރުދަނާ ޒުވާނުން ބިނާކުރުމެވެ. މި އަމާޒަށް ވާޞިލްވުމަށް، އެމްކިޔުއޭ އިން ދަނީ ޕްރޮގްރާމް އޮޑިޓް، ރިކޮގްނިޝަން ވެލިޑޭޝަން ފަދަ އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.