ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަކަށް އަމަލުކުރުމާއެކު، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެދިއްޖެ އެވެ. ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި، ގާތުން މަސައްކަތް ކުރުމަށް ކަމުގައި ބުނެފައިވެއެވެ. ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ނުލިބި ލަސްވާ މައްސަލަ ހޫނުވެފައި މި ދަނޑިވަޅުގައި، މުވައްޒަފުންގެ ޝަކުވާތައް ހިއްސާ ކުރުމަށް އެ އޮފީހުގެ ދޮރު ހުންނަނީ އަބަދުވެސް ހުޅުވިފައި ކަމަށާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީން ބުނެއެވެ.
ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލުކުރަން ސީއެސްސީން އެދިފައިވާއިރު، ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި އަދީއްތަދުވަހު ކަޅު ހެދުމުގައި ހަމަ ހިމޭންކަމުގެ އިހުތިޖާޖެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މިއަދު ބައެއް އޮފީސްތަކުގެ ދޮރުގައި ވަނީ ހިދުމަތް ނުދޭ ދުވަހެއް ކަން އަންގައިދޭ ލިޔުން ތަތްކޮށްފަ އެވެ. އެހެންވެ، ބައެއް އޮފީސްތަކުން މިއަދު އެއްވެސް ޚިދުމަތެއް ދީފައި ނުވެއެވެ.
މި ހަރަކާތްތަކުގައި އިސްނަގައި އިންތިމާކްކޮށްފައިވަނީ، ފޭސްބުކްގައި ހަރަކާތްތެރިވާ "ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން" ނަމަކަށް ކިޔާ ގްރޫޕެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.