1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

'ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް' އަދި ސައިބަރސެކިއުރިޓީ ބިލް'އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފި

...
ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް' އަދި ސައިބަރސެކިއުރިޓީ ބިލް'އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން/ފޮޓޯ: ދާޙިލީ ސަލާމަތާ ފަންނިޔަތާއި ބެހޭ ވުޒާރާ
އައިޝަތު އަންޖަަލް
351ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" އަދި "ސައިބަރސެކިއުރިޓީ ބިލް"އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.

މިއީ ފަރުދުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް ޑްރާފްޓްކޮށްފައިވާ "ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" އަދި ސައިބަރސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ "ސައިބަރސެކިއުރިޓީ ބިލް"އަށް ޚިޔާލު ހޯދުމުގެ ގޮތުން މި ދާއިރާތަކުގައި ހިމެނޭ ސްޓޭކްހޯލްޑަރުންނާއި އެކު ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓް ގުޅިގެންނެވެ.

300 × 250

މި ބައްދަލުވުންތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން މީރުމާގައި މިއަދު ބޭއްވި ހަފްލާ ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި އެން.ސީ.އައި.ޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ، ޑރ. މުހައްމަދު ކިނާނަތު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޓެކްނޮލޮޖީއާ ގުޅިގެން ގެންގުޅުއްވާ ދުރު ވިސްނުންފުޅާއި ދެއްވަމުންދާ ހަރުދަނާ އިރުޝާދަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ " ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލާއި ސައިބަރސެކިއުރިޓީ ބިލުގެ މަޤްސަދަކީ ހަރުދަނާ އޮނިގަޑެއްގެ ތެރެއިން އަޅުގަޑުމެންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އަޅުގަޑުމެންގެ ޑިޖިޓަލް ސިސްޓަމްތަކާއި އޭގައިވާ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު އުފައްދައި ރާއްޖޭގައި އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުން" ކަމަށް ވިދާޅުވެފައެވެ.

އަދި ދިވެހިރާއްޖޭގައި ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިވެގެންދާނެކަމުގެ ޔަޤީންކަމާއި އިތުބާރާއިއެކު އޮންލައިންގެ ޒަރިއްޔާއިން ރައްޔިތުން ބާރުވެރިވެގެންދާނެ މުސްތަޤްބަލެއް ޤާއިމުކުރުމުގައި މި ދެ ބިލުގެ މުހިންމުކަން ފާހަގަކުރެއްވެވިއެވެ. އަދި މި ތަސައްވުރު ހާސިލްކުރުމަށް މި ބިލްތައް ފާސްކޮށްދެއްވުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

މި އަދުގެ ބައްދަލުވުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ބައިވެރިންގެ އިތުރުން ވޯލްޑް ބޭންކުގެ ހާއްސަ ޓީމަކާއި އެން.ސީ.އައި.ޓީ އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެން.ސީ.އެސް.އޭ)ގެ ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުސެއިން ވަނީ "ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" ހުށައަޅާދެއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި