1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

50 އަށްވުރެ ގިނަ ބައިވެރިންނާ އެކު، ހެލްތު އެކްސްޕޯ 2024 މާދަމާ ފަށަނީ

exp
ހެލްތު އެކްސްޕޯ 2024ގެ ޕޯސްޓުން
މަރްޔަމް ޝަފާ ސައީދު
249ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާއި ގުޅޭ މަޢުލޫމާތު ދިނުމަށް "ހެލްތު އެކްސްޕޯ 2024" ގައި 50 އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށުމަށް ނިންމައިފިއެވެ. މި އެކްސްޕޯ އޮންނާނީ މިއަންނަ ބުރާސްފަތި ދުވަހުގތި ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތާއި، ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުމެވެ. މި އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ދިރާގެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަހު، ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 އިން 11:00 އަށް ހަރަކާތްތައް ކުރިއަށްދާނެއެވެ. ދެވަނަ ދުވަހު، ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ހަމައަށް އެކްސްޕޯ ހުޅުވާލެވިފައި ހުންނާނެއެވެ.

300 × 250

މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެ މައހލޫމާތު ދޭނެއެވެ. ކުޑަކުދިންނަށް ވެސް ބައިވެރިވެވޭގޮތަށް ރޭވިފައިވާ މި އެކްސްޕޯގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާ ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާ ގުޅޭ މަޢުލޫމާތު، ވެކްސިނޭޝަން އަދި އެހެނިހެން ސިއްހީ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައް ވެސް މި އެކްސްޕޯގައި ހިމެނޭނެއެވެ.

"ހެލްތު އެކްސްޕޯ 2024" އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެދާނެއެވެ. އަދި މި އެކްސްޕޯއިން އާންމު ރައްޔިތުންނަށް ސިއްހަތާ ގުޅޭ މުހިންމު މައުލޫމާތު ލިބި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ އިރުޝާދު ލިބިގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި