ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރީގައި މުޒާހަރާކުރި މައްސަލައާ ގުޅިގެން ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އަދި ޑރ. ޝަޒްރާ އިބްރާހީމްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ ދެ މީހުންގެ މައްޗަށް ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށާއި އާންމު ތަނެއްގައި އެކަށީގެންނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. މި ދެ ކުށުގެ އަސާސީ އަދަބަކީ އެންމެ ދިގުވެގެން ހަ މަހާއި ދެ ދުވަހަށް ޖަލަށްލުމެވެ.
މި ދައުވާތައް ކޮށްފައިވަނީ އެ ދެ މީހުން އޮސްޓްރޭލިއާގެ ހައި ކޮމިޝަނާއި ޔޫއޭއީގެ އެމްބަސީ ކައިރީގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ފުލުހުންގެ އެންގުންތަކާ ހިލާފުވެފައިވާތީއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުން ކުރިން ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް އިތުރު ހެކި ހުށަނޭޅުމުން ފަހުން ވަނީ ދޫކޮށްލާފައެވެ. ޝާދިޔާގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުން ބެލުމަށްފަހު ވަނީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.