ދައުލަތުގެ ބެލުމުގެ ދަށުގައި އެކި ސަބަބުތަކާ ހުރެ ނަގާފައިވާ ކުޑަކުދިން ބައިތިއްބަން ހުޅުމާލޭގައި ހުންނަ "ފިޔަވަތި"ގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ މައްސަލައިގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ބުނެ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހްތިޖާޖު ކުރަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ގިނަ އަދަދެއްގެ ޒުވާނުންތަކެއް މިވަގުތު ދަނީ ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެން ހަރަކާތްތެރިވަމުންނެވެ.

79f124a4-08a3-4354-935e-7f76a141cfe8-1536x1152

"ރައިޒް އަޕް މޫވްމަންޓް" އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ މުޒާހަރާގައި ބައިވެރިވާ ޒުވާނުން ގެންދަނީ ހިޔާ ކުދިންގެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާއި ޖެންޑާ މިނިސްޓްރީގެ އިސްވެރިން އެމީހުންގެ ޒިންމާ އަދާކުރުމަށް ގޮވަމުންނެވެ.

ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިންގެ މައްސަލަ ހައްލު ނުވެ ސަރުކާރުން އެކަމަށް އެކަށީގެންވާ ސަމާލުމަކެއް ދީގެން ހުރި މައްސަލަތައް ހައްލު ކުރަމުން ނުދިއުމާއި، ފިޔަވަތީގެ ކަންތަކުގައި ޖެންޑާ މިނިސްޓްރީ ފެއިލްވެފައިވާ ކަމަށްބުނެ އިއްޔެވެސް ވަނީ ފިޔަވަތި ކުރިމަތީގައި މުޒާހަރާކޮށްފައެވެ.