ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެއްގެ ނަމުގައި ހުޅުމާލެ މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ނަގަމުންދާ ކަމަށް އާއިލާއިން ބުނެފިއެވެ. މިކުއްޖާގެ މަންމަ ފާތުމަތު ރިޒްލާ “ހުވަދޫ” އަށް ވިދާޅުވީ އޭނަގެ ދަރިފުޅު ރާކިން މުހައްމަދު ރަޝީދު އަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެއް ކަމަށެވެ. އަދި މިވަގުތުވެސް ތިބީ އިންޑިއާގައި ފަރުވާގެ ކަންކަމުގައި ކަމަށެވެ. އެހެންނަމަވެސް އާއިލާގެ ކުއްޖަކަށް ފަންޑު ފޮށި ފެނިގެން ސުވާލު ކުރުމުން އެނގުނީ ބަޔަކު ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ނަގަމުންދާކަން. އެހެންވެ މީހަކު ފޮނުވާފަ ބެލިން ފަންޑު ފޮށިހުރިތޯވެސް. ދިޔައިރުގަ ފަންޑުފޮށިނެތް. ރާކިންގެ މަންމަ ވިދާޅުވިއެވެ.
އާއިލާގެ ފަރާތުން ގުޅީމަ އެނގުނީ ފަންޑުފޮއްޓެއް ބަހައްޓާފައި ހުރިކަން. އެކަމަކު އެއީ އަޅުގަނޑުގެ ރައްޓެއްސެއް ނުވަތަ އާއިލާގެ ބަޔަކު ކުރިކަމެއްނޫން. އެކަން އެނގިގެން ފަންޑުފޮށި ހުރިތޯ ބަލަންދިޔައިރު އެ ނެތް.
މިހާރަކަށް އައިސް އޮޅުވާލައިގެން އެކިއެކި ނަންނަމުގައި ބޮޑެތި ސްކޭމްތައް ދަނީ ހިންގަމުންނެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންދަނީ ތަކުރާރުކޮށް އެދެމުންނެވެ.







ޚިޔާލު (1)
މިސްކިތެއް ނަމަ ނުވަތަ ނަމާދުކުރާ މީހެއް ނަމަ މީހުން ސުވާލުވެސް ނުކޮށް އިތުބާރު ކުރެއެވެ. މީހުން ހޭލުންތެރިވާށެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. ކުރީގައި ނަމާދުކޮށް އުޅޭ މީހުންނަކީ ސޯލިޙު ބައެއް ނަމަވެސް މިހާރު އެކަން އެގަތަކަށް ނުހިނގައެވެ. ރަސޫލު ޒަމާނުގަ އުޅުނުގޮތަށް މިޒަމާނުގަ ބައެއް ކަންކަން ނުކުރެވެނީ މި ސަބަބަށްޓަކައެވެ.