މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" ބުޅާ ފެސިލިޓީއަށް ކާނާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. މި އިއުލާނު ކުރީ ރޭގެ ވަގުތެއްގައެވެ.
މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފެސިލިޓީގައި ތިބޭ 500 ބުޅަލަށް ފުރަތަމަ ހަ މަސް ދުވަހު ކާންދިނުމުގެ ޒިންމާ ނަގާނެ ފަރާތެއް ހޯދ ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި، ބުޅާތަކަށް ދުވާލަކު ދެ އިރު ކާންދޭން ޖެހޭނެއެވެ. އަދި މި ކާނާ ވާންޖެހޭނީ ބުޅަލުގެ މިންހެޔޮކަމަށް އެކަށޭނަ ކާނާއަށެވެ. އަދި ތައްޔާރުކޮށްގެން ފޯރުކޮށްދޭ ތެތް ކާނާ އޮޅުހިޔަލަށް ގެންނަން ޖެހޭނީ ކާނާގެ ތާޒާކަން ނުގެއްލޭ ގޮތަށް ޝެޑިއުލްއާ އެއްގޮތަށް ދުވާލަކު އެއް ފަހަރުއެވެ.
"އޮޅުހިޔާ" ބުޅާ ފެސިލިޓީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14" ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. މި ފެސިލިޓީ ގާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.