1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަލީ ވަހީދު ދެއްކި ވާހަކަތަކުގެ ހެކި ހުރިނަމަ ސާބިތުކޮށްދީ: ރައީސް އޮފީސް

mabrook
ރައީސް އޮފީހުގެ ތަރުޖަމާން- މުޙައްމަދު މަބްރޫކް ޢަޒިޒް ފޮޓޯ: ރައިސް އޮފިސް
ހުވަދޫ ނިއުސް ޓީމް
373ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާ، އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކުގެ ހެކި ހުރި ނަމަ އެ އާންމުކޮށް އެކަން ސާބިތުކުރުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.

ތަފާތު ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު، އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވި ތިން ގަޑިއިރުގެ ނޫސްވެރިންގެ އޮންލައިން ބައްދަލުވުމެއްގައި ރައިސް ސޯލިހްއަށް ބޮޑު ތުހުމަތެއް ކުރައްވާފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އާއި ރައީސް ހަވާލުވެ ވަޑައިގަތް ކަމަށާއި ހަވާލުވެ ވަޑައިގަތީ ރެހެންދި ފްލެޓްގައި ކަމަށް ތުހުމަތުކުރައްވައި ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ކޮމްޕްރޮމައިޒްވާ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރައީސް އެހެން ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރައްވާފައިވާ ކަމުގެ ހެކި ހުރި ނަމަ ހާމަ ކުރަން މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ. މަބްރޫކް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓުގައިވެސް ރައީސްގެ ނަންފުޅެއް ނެތް ކަމަށެވެ.

300 × 250

ރޭގެ ވަގުތެއްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރެހެންދި ފްލެޓުގައި ރައީސް ކަޅު ދަބަހުގައި ފައިސާ އުފުއްލެވި މަންޒަރުގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންގެ އަތުގައި ހުންނާނެ ކަމަށެވެ.

ރައީސް އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވިކަމަށް ތުހުމަތު ކުރެއްވުމުގެ އިތުރުން އަލީ ވަޙިދު ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުންވެސް ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ ގޮތުގައި އަލީ ވަޙީދު ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދުގެ އެވާހަކަތައް ތަހުގީގު ކުރުމަށް ގޮވާލާ މިއަދު އިދިކޮޅުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް، އެމައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި