އއ މަތިވެރީގައި ރެކްރޫޓް ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފުލުހަކު އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި ފޮޓޯ ލީކްކޮށްލާނެ ކަމަށްބުނެ އިންޒާރު ދިނުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވާ ގޮތުން އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އއ. މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ އެރަށު، ފަޒާ، ޒައިދާން މުހައްމަދު (19އ) އެވެ. އޭނާއަކީ ރެކްރޫޓް ފުލުހެކެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި، އޭނާގެ އޮތިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، އިންޒާރުދީ، ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.