ތަރައްގީގެ ކަންކަމުގައި ތ.އަތޮޅަކީ ވޭތުވެދިޔަތަނުގައި ގެއްލިފައިވާ އަތޮޅެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ތ.އަތޮޅު ރާޑަރަށް އަރުވާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު (ހަންޓެ) މިއަދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ހަނާން ވިދާޅުވީ 2025 ގެ ބަޖެޓުގެ ތެރެއިން، ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ހިތްނުތަނަވަސްކަން ފިލައިގެންދާނެ ކަމަށާއި، ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރައްގީ އޭގެ އެންމެ ފުރިހަމަކޮށް ލިބިގެންދާނެ ކަމަށެވެ.
ދާއިރާގެ ރައްޔިތުންނަށް ޔަގީންކަން އަރުވަނީ މި ބަޖެޓުން ތިޔަ ބޭފުޅުން ހަމަ ތި އެދިލައްވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހާސިލުވެގެންދާނެ.
2025 ގެ ބަޖެޓުވެގެންދާނީ ތާރީޚީ ބަޖެޓަކަށް ކަމަށާއި، މި ސަރުކާރުން ފާސްކުރާ ފުރަތަމަ ބަޖެޓު ރައްޔިތުންނާ ހަމައަށް މި ގެނެސްދެނީ ވަރަށް ތަފާތުކޮށް ރައްޔިތުން އެންމެ އެދޭ ގޮތަށް ރައްޔިތުން ބޭނުންވާ ކަންތައްތައް ހިމަނައިގެން ކަމަށް ހަނާން ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަތޮޅަކީ ވޭތުވެދިޔަތާނގައި ގެއްލިފައިވާ އަތޮޅެއް. އަޅުގަނޑުމެންގެ ރައީސް ވިދާޅުވެފައި އޮތީ އަޅުގަނޑުމެންގެ އަތޮޅު ރާޑަރަށް އަރުވާނެ ކަމަށް. ހަމަ ޔަގީންކަން އަޅުގަނޑު އެބަދެން އަޅުގަނޑުމެންގެ ދާއިރާއަށް، އަޅުގަނޑު ހަމަ ޔަގީނުން ވެސް ޗާޓަށް ވެސް އަރުވާނަން. އަޅުގަނޑުމެންގެ ދާއިރާ ގެއްލިފައި އޮތްއޮތުން އަޅުގަނޑު އަނބުރާ ގެންނާނަން. އަދުގެ ސަރުކާރަށް އަޅުގަނޑުގެ އިތުބާރު އެބައޮތް.
މީގެއިތުރުން ހަނާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅާއެކު މި ގައުމުގެ އިގުތިސާދު ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ މުހިންމު ސިޔާސަތުތައް ތަންފީޒުކޮށް ގައުމު އާރާސްތުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތައް ކާމިޔާބު ކުރުމަށްޓަކައި 2025 ވަނަ އަހަރުގެ ބަޖެޓު ފާސްވެގެން ދިއުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.