1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

FB_IMG_1731610523489
އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި ވާދަކުރި ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު..
ޝައިހާން ޙަސަން
342ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

9 ނޮވެމްބަރު 2024 އިން 14 ނޮވެމްބަރު 2024 އަށް ހުލުމާލޭ ސިޓީގައި ކުރިއަށް ގެންދިޔަ އެމްޑަބްލިއުއެސްސީ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2024 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެގޮތުން ތިން އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރަތުގައި މިއަހަރު 52 ސްކޫލަކުން 1563 އެތުލީޓުން ވާދަކޮށްފައިވާއިރު، މިމުބާރާތުގައި ގިނަ މީޓް ރެކޯޑްތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި މިމުބާރާތުގައި ޖުމްލަ ނުވަ މީޓް ރެކޯޑް ހަދާފައިވާއިރު، އޭގެތެރޭގައި 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ، ކޮންމެ އުމުރުފުރާއަކުން ވެސް އަންހެން އަދި ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ކޮންމެ އެތުލީޓަކު ވެސް ވަނީ މީޓް ރެކޯޑެއް ހަދާފައެވެ.

މީގެ އިތުރުން މިމުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ. އަދި ދެވަނަ މުހައްމަދު ޖަމާލުއްދީން ސްކޫލް ހޯދިއިރު، ތިންވަނަ ހޯދި ކަނޑުހުޅުދޫ ސްކޫލް އެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ރެހެންދި ސްކޫލް އެވެ.އަދި ދެވަނަ އަބޫބަކުރު ސްކޫލް ހޯދިއިރު، ތިންވަނަ ލިބުނީ ހާފިޒު އަހުމަދު ސްކޫލަށެވެ.

300 × 250

15 އަހަރުން ދަށުގެ އަންހެން އެއްވަނަ ސްކޫލްގެ މަގާމް މުހައްމަދު ޖަލާލުއްދީން ސްކޫލް ހޯދިއިރު، މި އުމުރުފުރައިން ފިރިހެން އެއްވަނަ ސްކޫލްގެ މަގާމު ހޯދީ ޝަރަފުއްދީން ސްކޫލް އެވެ. އަދި 17 އަހަރުން ދަށުގެ އަންހެން އެއްވަނަ ސްކޫލްގެ މަގާމް ޝަރަފުއްދީން ސްކޫލް ހޯދިއިރު، މި އުމުރުފުރައިން ފިރިހެން އެއްވަނަ ސްކޫލްގެ މަގާމު ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒު އެވެ. އަދި މީގެ އިތުރުން 20 އަހަރުން ދަށުގެ އުމުރުފުރައިގެ، އަންހެން އަދި ފިރިހެން ބައިން ވެސް އެއްވަނަ ހޯދީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.

މުބާރާތުގެ އިންޑިވިޖުއަލް މަގާމުތަކަށް ބަލާއިރު 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އައިމިނަތު އައުހާ އަބްދުއް ރަހްމާން (އަފީފުއްދީން ސްކޫލް) އެވެ. އޭނާ ވަނީ މިމުބާރާތުގައި 100 މީޓަރު، 200 މީޓަރު، ލޯންގް ޖަމްޕް ރަން މެޑަލް ހޯދުމުގެ އިތުރުން 100 އާއި 200 މީޓަރު ދުވުމުން މީޓް ރެކޯޑް ހަދާފައެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އުލްވާން އިބްރާހިމް އުމަރު (އިސްކަންދަރު ސްކޫލް) އެވެ. އޭނާ ވަނީ މިމުބާރާތުގައި 100 މީޓަރު، 200 މީޓަރު ރަން މެޑަލް ހޯދުމުގެ އިތުރުން 200 މީޓަރު މީޓް ރެކޯޑް ހަދާފައެވެ.

17 އަހަރުންދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޒީކް އަޝްރަފު ރަޝީދު (އިސްކަންދަރު ސްކޫލް) އެވެ. އޭނާ ވަނީ މިމުބާރާތުގައި 800 މީޓަރާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން މި ދެއިވެންޓުން ވެސް މީޓަރު މީޓް ރެކޯޑް ހަދާފައެވެ. އަދި އަހަރުންދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އަހުނަފް ރައްޔާން ފަހުމީ (ގދ. އަތޮޅު ތައުލީމީ މަރުކަޒު) އެވެ. އޭނާ ވަނީ މި އުމުރުފުރާގެ 100 މީޓަރު، 200 މީޓަރު އަދި ލޯންގް ޖަމްޕް ރަން މެޑަލް ހޯދުމުގެ އިތުރުން 200 މީޓަރު ދުވުމުން މީޓް ރެކޯޑް ހަދާފައެވެ.

20އަހަރުންދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އައިޝަތު ޝައިމް އަޒީޒް (އައްޑޫ ހައި ސްކޫލް) އެވެ. އޭނާ ވަނީ ލޯންގް ޖަމްޕް، ހައި ޖަމްޕް އަދި ޖެވެލިން ތުރޯ ރަން މެޑަލް ހޯދުމުގެ އިތުރުން ހައި ޖަމްޕް އާއި ޖެވެލިން ތުރޯ އިން މީޓް ރެކޯޑް ހަދާފައެވެ. އަދި 20 އަހަރުންދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އަހުމަދު އަބްސަލް މުހައްމަދު ޖަލީލް (އައްޑޫ ހައި ސްކޫލް) އެވެ. އޭނާ ވަނީ 100 މީޓަރު އާއި 200 މީޓަރު ރަން މެޑަލް ހޯދުމުގެ އިތުރުން 200 މީޓަރު ދުވުމުން މީޓް ރެކޯޑް ހަދާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި