ބ. އޭދަފުށީގައި އޭދަފުށީގައި ތިން ކޮޓަރީގެ 336 ފްލެޓް އަދި ދެ ކޮޓަރީގެ 672 ފްލެޓް އެޅުމަށް، ޗައިނާގެ ސައިންހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާވެށި ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއަންޒޯއެވެ.
މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ތިން ކޮޓަރީގެ 336 ފްލެޓާއި ދެ ކޮޓަރީގެ 672 ފްލެޓް ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ، އޭދަފުށްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރަކަށް ވާއިރު، ވާޓިކަލް ޑެވެލޮޕްމަންޓަށް ދިޔުމަށް ނިންމާފައިވަނީ ބިމުގެ ޖާގައިގެ މައްސަލަ އޮތުމާއި ބިން އިތުރުކުރެވެން ނެތުމާ ގުޅިގެން ކަމަށެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، އޭދަފުށްޓަކީ ވަށައިގެން ރިސޯޓުތައް ގިނަ ރަށަކަށްވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް، ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު މި މަޝްރޫއުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ. އަދި އޭދަފުށްޓަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ނާރެހަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުގެ ފުރަތަމަ ބަޖެޓު ހާއްސަ ކޮށްފައިވަނީވެސް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އަމާޒު ކުރައްވައިގެންނެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް، ބޯހިޔާވަހިކަމަށް މިހާ ބޮޑު އަދަދެއް ހާއްސަކުރެވުނު ފުރަތަމަ ފަހަރެވެ. އެގޮތުން 1.5 ބިލިޔަން ރުފިޔާ، ގެދޮރު އެޅުމުގެ ޢަމަލީ މަސައްކަތަށްވަނީ ހާއްސަކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.