1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހަޅާފައިވާ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަހުސްކޮށް ނިންމައިފި

24
ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް
މަރްޔަމް ޝަފާ ސައީދު
304ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަހުސްކޮށް ނިންމާލައިފިއެވެ. މި ބަޖެޓު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ބަޖެޓަށް ބަހުސް ފެށީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ބަޖެޓު ބަހުސްގައި 77 މެންބަރުން ބައިވެރިވެ ވާހަކަފުޅު ދައްކަވާފައިވެއެވެ. ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދެވުނު މި ބަހުސްގައި ޖުމްލަ 14 ގަޑިއިރާއި 17 މިނެޓު ހޭދަވެފައިވެއެވެ.

ބަހުސްގައި ސަރުކާރު ތާއީދުކުރާ މެންބަރުން ބަޖެޓު ދިފާޢުކުރައްވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބަޖެޓާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އިދިކޮޅު މެންބަރުން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ޚަރަދުވާނެ ފައިސާގެ ތަފްސީލު ހިމަނާފައި ނެތުމާ ގުޅޭގޮތުންނެވެ.

300 × 250

ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެފައި ވަނީ ވަކިވަކި ތަފްސީލު ނުހިމެނި ނަމަވެސް، ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކާބެހޭ ތަފްސީލު ވަރަށް ސާފުކޮށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފުއްދުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

އިމާރާތްކުރުމާއި ބިނާވެށި ތަރައްގީ ކުރުމުގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުތަކުން ބަޖެޓުގައި ވަކިވަކި މަޝްރޫއުތައް ހިމަނާފައިވަނީ ސިޔާސީ ބޭނުމަށް ކަމަށާއި، ފައިސާ ނެތި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

މިހާރު ބަޖެޓު ބަހުސް ނިމި، ދެން އޮތީ ބަޖެޓު ކޮމިޓީން ބަޖެޓާމެދު ގޮތެއް ނިންމުމަށްފަހު، ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ. ބަޖެޓު ފާސް ކުރާނީ ކޮމިޓީ ރިޕޯޓު ހުށަހެޅުމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި