1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރިޔާސީ ދައުރު ބަދަލުވާ ތާރީޚަކީ ނޮވެންބަރު 11 ކަމުގައި ހަމަޖެއްސުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް!

Bandaara Naib8u ushaam
ބަންޑާރަ ނައިބު އުޝާމް/ފޮޓޯ: ރައީސް އޮފީސް
އައިޝަތު އަންޖަަލް
345ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

 

ރިޔާސީ ދައުރު ބަދަލުވާ ތާރީޚަކީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ކަމުގައި ހަމަޖެއްސުމަށްޓަކައި، އެކަމާގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރުގެ ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

300 × 250

ބަންޑާރަނައިބު އުޝާމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ގޮތަކީ ޒަމާނުންސުރެ ރާއްޖޭގައި ކަންހިންގަމުން އައިގޮތަށް، ރިޔާސީ ދައުރު ބަދަލުވާ ތާރީޚަކީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ގޮތުގައި ހަމަޖެއްސެވުންކަމަށެވެ.

އުޝާމް ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙެއް ނުގެނެސް މިބަދަލު ގެނެވެން ނެތް ކަމަށާއި، ޤާނޫނުއަސާސީ ބުނާގޮތުން ވެރިކަމުގެ ދައުރު ބަދަލުކުރާކަމުގައިވާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމުގައެވެ.

ޤާނޫނުއަސާސީގައި ބުނަނީ ރިޔާސީ ދައުރަކީ 5 އަހަރު ދުވަސް ކަމަށާއި، އެ މުއްދަތުން އެންމެ ދުވަހެއް އުނިކުރާ ކަމުގައިވާ ނަމަވެސް ޤާނޫނީ ގޮތުން ޞައްޙަ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ޤާނޫނުއަސާސީ އިޞްލާޙްކޮށްގެން ކުރިއަށް ދިއުންކަމުގައެވެ.

އެހެންކަމުން، މިކަމުގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށާއި، އަދި ރައްޔިތުން އެކަމަށް ތާޢީދުކުރައްވައިފި ކަމުގައިވާނަމަ، 2028 ވަނަ އަހަރު ރިޔާސީ ދައުރު ފެށޭނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމުގައި ބަންޑާރަނައިބު އުޝާމް ފާޙަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި