ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މަހެއްގެ މައްޗަށް ކުރާ ޚަރަދު 18 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް ކުޑަކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހެއިރު ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު އޭނާ ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އާރްޑީސީ ރިފޯމް ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ބަދަލު އައިސްފައިވާ ކަމަށް އެމްޑީ ޒުހެއިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުންފުނި ރިފޯމް ކުރުމުގެ މަސައްކަތުގެ ދަށުން ކުރި އެންމެ މުހިންމު އެއްކަމަކީ ހިންގުމުގެ ޚަރަދު ކުޑަކުރުން ކަމަށެވެ.
"އެގޮތުން މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ޚަރަދު ވަރަށް ބޮޑުތަނެއް ކުޑަކުރެވުނު. މަހެއްގެ މައްޗަށް ކުރާ ޚަރަދުގެ 18 އާއި 20 މިލިއަނާއި ދެމެދު ޚަރަދު އަޅުގަނޑުމެންނަށް މަހެއްގެ މައްޗަށް ކުޑަކުރެވިގެން ދިޔަ." ޒުހެއިރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.