1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ސިޓީގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން، ރާގިބު މަގާމުން ވަކިކޮށްފި

raa
މަރްޔަމް ޝަފާ ސައީދު
545ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު، އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ އުވާލުމަށް އެދި ދައުލަތާ ދެކޮޅަށް ހައިކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު، އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން... ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު މިއަދު އެމަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފި" ކަމަށެވެ. ހައިކޯޓުގެ ރެޖިސްޓްރީން ދައްކާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހަށް ރައްދުވާ ގޮތަށް މި މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ވަކީލުކަންވެސް ކުރައްވާ ރާގިބެވެ. މައްސަލަ ހުށަހެޅުމުގައި ރާގިބު ބަޔާންކޮށްފައިވަނީ، މިދިޔަ ސަރުކާރުން ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމިއިރު، އެ ރަށުގައި 10،000 މީހުން ހަމަނުވާ ކަމަށެވެ. މި ސަބަބަށްޓަކައި، ތިނަދޫއިން ސިޓީގެ ދަރަޖަ އަތުލުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވެއެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަލްސަން އަހުމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީ، ގާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 51ވަނަ މާއްދާގެ (ރ)ގެ ދަށުން ތިނަދޫ ސިޓީ ކައުންސިލެއް ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވަނިކޮށް، ސިޓީ ދަރަޖައާމެދު ސުވާލު އުފައްދައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރަސްއަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމީސްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީގޮތުން ލިބިދޭ ގާނޫނީ ބާރު ކެނޑޭގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ރުހުމާއެކު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބް އަހުމަދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ސަރުކާރުގެތެރެއިން ހިންގާ އަމަލެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

https://twitter.com/MvSpokesperson/status/1861023298139959671

300 × 250

ހަމައެހެންމެ ތިނަދޫ ރައްޔިތުންގެ މަސްލަޙަތާއި ހަމަޖެހުން ނަގާލުމަށް ހިންގާ އަމަލެއްކަމުގައި ދެކެވަޑައިގަންނަވާތީވެ، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރަސްއަޅާ އެފަދަ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން ހިމެނޭހެން މުޅި ތިނަދޫ ރައްޔިތުންގެ ފަރާތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލައްވާ ކަމަށްވެސް އަލްސަން ވަނީ ވިދާޅުވެފައެވެ

ހަމަމިއާއެކު، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީވެސް ސިފަކުރެއްވީ މައްސަލައަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ސިޔާސީ މަގާމެއްގައި ހުންނެވި ރާގިބު ތިނަދޫއާއި މެދު ގެންގުޅޭ ޒަމާންވީ ޒާތީ ހަސަދަވެރިކަމެއްގެ ތެރެއިން ރާއްޖޭގެ ވަލިއްޔުލްއަމުރާއި ދެކޮޅަށް ކުރާ ބަގާވާތެއްގެ ގޮތުގަ އެވެ.

ކޮންމެއަކަސް ގިނަބައެއްގެ ނުރުހުމާއި ކަންބޮޑުވުން އަމާޒުވެގެންދިޔަ ފަރާތަކަށް ރާގިބު ވާން ޖެހުނު މައްސަލައަކަށް މިމައްސަލަ ވީއިރު، ދައުލަތާ ދެކޮޅުވުމަކީ ރަގީބު ހުންނެވި މަގާމާ އެކަށީގެންނުވާ ކަމެއްކަން ޔަގީނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި