ދަރިންގެ ޚަރަދަށް ބައްޕަ ދޭންޖެހޭ ފައިސާގެ އަދަދު އިތުރުކުރަން ގަވާއިދަށް ބަދަލު ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
އާއިލާއާބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައިވާ ގޮތުން ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން، ކުއްޖާ ބެލެހެއްޓުމުގެ ޚަރަދަށް ކޮންމެ މަހަކު ބައްޕަ 2,000 ރުފިޔާ ދޭން ޖެހެއެވެ. އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1,000 ދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މުޙައްމަދު އިބްރާހިމް ވިދާޅުވީ ޚިދުމަތާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މަހެއްގެ މައްޗަށް ކަނޑައެޅިފައިވާ 2,000 ރުފިޔާއަކީ ދަރިންގެ ޚަރަދުތައް ފޫބެއްދޭވަރަށްވުރެ ކުޑަ އަދަދެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންނަށް ކާންދޭ ތަކެއްޗާއި، ނެޕީގެ ޚަރަދުތަކަށް ބެލި ނަމަވެސް 2,000 ރުފިޔާއިން ނުފުދޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.