1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައިލެންޑް އޭވިއޭޝަން މުވައްޒަފުންގެ މުސާރަ އިއާދަކުރަނީ

2
ހުވަދޫ ނިއުސް ޓީމް
796ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮވިޑު-19ގެ ޙާލަތާއި ގުޅިގެން އައިލެންޑް އޭވިއޭޝަން މުވައްޒަފުންގެ މުސާރަ، ކުޑަކުރުމަށްފަހު، އަލުން ކުރިން ދެމުން އައި މިންވަރަށް މުސާރަ އިއާދަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެ ކުުންފުނީގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މޫސާ ވަސީމް މީޑިއާއި މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، މުސާރަ ކުރިން ދިން ވަރަށް އިއާދަކުރަނީ، ލިބޭ މުސާރައިގެ އަދަދަށް ބެލުމަށްފަހުކަމަށެވެ. އެގޮތުން 30،000 ރުފިޔާއަށް ވުރެ މަތީ މުސާރަ ލިބޭ މުވައްޒަފުންނަށް ކުރީގެ މުސާރަ އިއާދަކުރުމުން ލިބޭނީ މުސާރައިގެ 80 ޕަސެންޓުކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް 30،000 ރުފިޔާއަށްވުރެ ދަށް އަދަދެއް މުސާރަައިގެ ގޮތުގައި ލިބޭ މުވައްޒަފުންނަށް ކޮވިޑުގެ ކުރިން ދިން މުސާރައިގެ 100 ޕަސެންޓު ލިބޭނަކަމަށް އޭނާ ވިދާޅުވިއެވެ.

300 × 250

މޫސާ ވަސީމް ހާމަކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރުގެ މުސާރަ ލިބޭއިރު މުސާރަ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް މުސާރަ ލިބޭނީ މި ބަދަލުތަކާއެކުކަމަށެވެ.

މުސާރައިގެ މައްސަަލައިގައި މޯލްޑިވިއަންގެ ޕައިލެޓުންތަކެއްވެސް ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި މުސާރައިގެ މައްސަލަ ގޯސްވެ، މުސާރައާ ގުޅުން ހުރި ކަންބޮޑުވުންތަކުގައި މޯލްޑިވިއަންގެ ޕައިލެޓުން ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކޮށްފައެވެ.

ކޮވިޑާއެކު ކުންފުނީގެ ޕައިލެޓުންގެ މުސާރައިން 40 ޕަސެންޓަށް ވަނީ ކުޑަކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މުސާރަ ބޮޑުކޮށްދީފައިނުވާތީ ޕައިލެޓުން އައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވަންޓް އެސޯސިއޭޝަނުން އިސްނަގައިގެން ސިލްސިލާ ހަރަކާތްތަކެއް އަންނަނީ ކުރިޔަށް ގެންދަމުންނެވެ. ނަމަވެސް ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމެއް ގެނައުމުގެ ސިގްނަލެއް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ދީފައި ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި