1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާޅޮހު ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

މާޅޮހު ބަނދރުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
މަރިޔަމް އަފީފާ
262ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބ. މާޅޮހުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތްތައްކަމަށެވެ.

މިއާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ 83 އިންސައްތަ ވަނީ ނިމިފައެވެ.

300 × 250

މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން 450 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 453 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން، 46,194 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ.

މީގެ އިތުރުން، 510 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތާއި، 2,365 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ވަނީ ހަވާލުކުރެވިފައެވެ.

މި މަޝްރޫއަށް ސަރުކާރުން ވަނީ 75.43 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވެފައިވާ މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ބަނދަރުގެ ޖާގައިގެ ދަތިކަން ފިލައި، އުޅަނދުތައް އަޅާފައި ބާއްވާނެ ތަނަވަސް ބަނދަރެއް ލިބި، ލަފައިފުރުމުގެ ދަތިތައްވެސް ހައްލުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި