އިސްރާއީލަށް ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިން ނަސްރު ލިބިއްޖެ ކަމަށާއި އަދި އިސްރާއިލް ބަލިކޮށް ހަނގުރާމަ ކާމިޔާބު ކުރެވިއްޖެކަމަށް އިއުލާންކޮށްފިއެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ މީގެ ދެދުވަސް ކުރިން ހިޒްބުﷲ އާއި ދެކޮޅަަށް ކުރި ހަނގުރާމަ ހުއްޓާލައިފި ކަމަށް އިއުލާންކޮށްފައެވެ. އަދި ހަނގުރާމައިގައި ހިޒްބުﷲ ގެ ހުރިހާ އިންފްރާސްޓްރަކްޗަރ އެއްކޮށް ނެތި ކޮށްލާފައިވާނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އިސްރާއީލުން ހަނގުރާމަ ހުއްޓާލައިފި ކަމަށް އިއުލާންކުރިތާ ދެދުވަސްފަހުން ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނަރަލް ނައީމް ގާސިމް އެގައުމުގެ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވަނީ މިއީ ލިބުނު އިލާހީ ނަސްރެއް ކަމުގައެވެ. އަދި ހަނގުރާމައިގެ ތެރޭގައި އިސްރާއީލަށް ފޫނުބެއްދޭ ބޮޑެތި ގެއްލުންތަކެއް ވެފައިވާނެ ކަމަށެވެ. މީގެ އިތުރުނއ ލުބުނާނުގެ ބޯޑަރާއި ކައިރީގައި ތިބި އިސްރާއީލުގެ އެތަށް ބަޔަކު އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހިޒްބުއްލާއިން ހަނގުރާމަ ހުއްޓާލުމަށް "ރުހުން ދީފައިވާ" ކަމަށާއި، އިސްރާއީލުގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ހިޒްބުއްލާއާއި ލުބުނާނުގެ ސިފައިންނާ ދެމެދު "މަތީ ފެންވަރެއްގައި" މަޝްވަރާ ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް އޭނާ އިންޒާރުދެއްވީ އިޒްރޭލުން ހަމަލާދީފިނަމަ ހިޒްބުއްލާއިން "ހަނގުރާމައަށް" ތައްޔާރަށް ތިބޭނެ ކަމަށެވެ.