1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި, އެންމެ ޒަމާނީ ވަަސީލަތްތަކާއެކު ސިނަމާއެއް އަޅަނީ

big_MWZybopRYVvW2RTAUMuW9hJvF
ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް)
މަރްޔަމް ޝަފާ ސައީދު
829ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސިނަމާއެއް އަޅަން ނިންމާފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަސްވާޑް ވިދާޅުވީ، ފިލްމު އަޅުވާނެ އެންމެ ތަނެއް ހުރުމަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މިހާރު ރަސްމީކޮށް ފިލްމު އަޅުވާ ތަނެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ އޮލިމްޕަސް އެކަނި ކަމަށް ފާހަގަކުރެއްވިއެވެ.

"އޮލިމްޕަހަކީ ފިލްމު އެޅުވުމުގެ އިތުރުން ތަފާތު އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދާ ތަނަކަށް ވާތީ ފިލްމު އިންޑަސްޓްރީއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އިތުރު ސިނަމާއެއް ރާއްޖޭގައި ހުންނަން ޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

300 × 250

ފިލްމު އުފައްދާ ގިނަ ޕްރޮޑިއުސަރުންތަކެއް މިހާރު ތިބި އިރު އޮލިމްޕަސް ހޯދަން ކިއުގައި ތިބެން ޖެހޭކަމަށާއި، އެ މައްސަލައަށް ހައްލެއް ހޯދައި ދޭން ސަރުކާރުން ބޭނުންވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

"މިހާރު އޮލިމްޕަސް ހޯދަން ޕްރޮޑިއުސަރުން ކިއުގައި ތިބެން ޖެހެނީ. އެހެންވެ އެ މައްސަލައަށް ހައްލެއް ހޯދައިދޭން މި ސަރުކާރުން ބޭނުންވޭ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމާނީ ސިނަމާއެއް ތަރައްގީކޮށް މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމައި ދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި