1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މެލޭޝިއާގެ މެރިޓައިމް އެކަޑަމީއާއި އެމްއެސްއެސްއާ ދެމެދު ތަމްރީނު ހޯދުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

Screenshot_20241204_231338_Chrome
މެލޭޝިއާގެ މެރިޓައިމް އެކަޑަމީއާއި އެމްއެސްއެސްއާ ދެމެދު ތަމްރީނު ހޯދުމުގެ ފަހުމުނާމާއެއްގައި ސޮއިކުރުން/ފޮޓޯ: ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
308ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މުވައްޒަފުންނަށް ތަމްރީނު ހޯދުމުގެ ފަހުމުނާމާއެއްގައި ޤައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް އާއި މެލޭޝިއާގެ މެރިޓައިމް އެކަޑަމީ އާއި ދެމެދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މެލޭޝިއާގެ މެލަކާގައި ހުންނަ މެރިޓައިމް އެކަޑަމީގެ ކެމްޕަހުގައެވެ. އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. މެލޭޝިއާގެ މެރިޓައިމް އެކެޑެމީގެ ފަރާތުން ސޮއިކުރެއްވީ، އެއެކެޑަމީގެ ސީއީއޯ އެޑީ އަހުމަދު ކޮޑްޒާލީއެވެ.

މި ފަހުމުނާމާގެ ދަށުން އެމްއެސްއެސްގެ ކަލާސީން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް މެރިޓައިމް އެކަޑަމީގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަމްރީނުތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ސިމިއުލޭޝަން ޓެކްނޮލޮޖީއާއި އެފަންނުގެ ތަޖުރިބާކާރުންނާއެކު ތަމްރީންތައް ފުރިހަމަ ކުރުމާއި އެއެކެޑަމީގެ އުޅަނދުތަކުގައި ތަމްރީންތައް ފުރިހަމަކުރުމުގެ ފުރުސަތު ހިމެނެއެވެިމެނެއެވެ.

300 × 250

ޤައުމީ ޝިޕިން ކުންފުނިން މަޢުލޫމާތު ދެއްވިގޮތުގައި މި އެއްބަސްވުމާއެކު ކަލާސީން ސްކޮލަރޝިޕް ދަރިވަރުންނަށް ނެވިގޭޝަނާއި، އިންޖިނިއަރިން ދާއިރާއިން ކިޔަވައި ތަމްރީން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ކަލާސީން ސްކޮލަރޝިޕަކީ 2021 ވަނަ އަހަރު، އެމްއެސްއެސް އިން ތަޢާރަފް ކުރި ސްކޮލަރޝިޕެކެވެ. ކޮންމެ އަހަރަކު ދޭ މި ސްކޮލަރޝިޕަކީ ނެވިގޭޝަނާއި އިންޖިނިއަރިން ދާއިރާއިން މީހުން ބިނާކޮށް އެމްއެސްއެސްގެ އުޅަނދުތަކުގައި ހަރަކާތްތެރިވާނެ ދިވެހިން އުފެއްދުމުގެ މަޤްޞަދުގައި ދޭ ސްކޮލަރޝިޕެކެވެ.

މި އެއްބަސްވުމަކީ ދިވެހި ކަނޑުވެރިންގެ ހުނަރު އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނު ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި