"90 ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ހއ. ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ހއ. ދިއްދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗް ނިމުނީ 2 – 2 އިން އެއްވަރު ވެގެންނެވެ. ރޭގެ މެޗަށް ފަހު "މޭން އޮފް ދަ މެޗް" އަށް ހޮވުނު ކުޅުންތެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓްރޮފީ ޙަވާލުކޮށްދެއްވާފައެވެ.
"90 ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ ހިންގާ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށުނު މުބާރާތުގައި 17 ޓީމަކުން ވާދަކުރެއެވެ.







ޚިޔާލު (2)
Mihaaru madam gedhefaa mulhi odeega
Anhenaku hiley firihenaka athaa aijoadu kurumakee boduveghn vaa faafa eh, Allah ah biruvethivey. Dheenee thaaju alhaan thihen ulhen heyonuvaane.