ފިންލެންޑްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ހާރިޖީ ވަޒީރު، އެލީނާ ވަލްޓޯނެން އަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު، ޑޮކްޓަރ އަބްދުﷲ ހަލީލު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ގައި، މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށާއި ފިންލޭންޑާއި ރާއްޖެއާ ދެމެދުގައިވާ އޮތް ގާތްގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ބުނެފައިވެއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ފިންލެންޑް ސަރުކާރަށާއި ރައްޔިތުންނަށް، ފިންލެންޑްގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިހުލާސްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުގެ އުއްމީދަކީ، ދެގައުމުގެ ދެމެދުގައި ވާ ގާތް ގުޅުމާއި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާލިބޭނެ މަގު އިތުރަށް ފަހި ވެގެން ދިއުމެވެ.

‏‎އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."