މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗަރ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ވަނީ ފާހަގަކުރެވިފަ ކަމަށް ފުލުހުން ބުނެފިއެވެ.
އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި "ހޯމް އާޓް ފަރުނީޗަރ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރައްވާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރެއްވުމަށް އިލްތިމާސްކުރަމެވެ.
މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރެއްވުމަށް ދަންނަވަމެވެ.







ޚިޔާލު (3)
Aishath Rasheedha
Mahsala husha helhiyas kuri erumeh nulibey. Meehaage vanavaru, meehaage photo, contact number, mi hurihaa ehchakaa eku mahsala jehsiyas gellunu ehcheiy anburaa hoadhaeh nudhevey. Mee thajuribaa kurevifa huri kankan
އޮންލައިންކޮށް ވިޔަފާރިތަކުގެ ސައްޚަކަން ބެލޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދޭން އެބަޖެހޭ