އެމްޑީޕީ ގައުމީ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާގެ ވޯޓްފޮށީގައި ހުރި އޮފިޝަލަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި އޮފިޝަލަށް ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގިފައިވަނީ ވޯޓުލާ ނިމުނު ފަހުންނެވެ. ފައްސިވެފައިވާ މީހާ އަކީ ގދ.އަތޮޅު ތައުލީމީ މަރުކަރުގައި ހުރި ވޯޓު ފޮއްޓެއް ކައިރީގައި ހުރި އަންހެން އޮފިޝަލަކެވެ. ކޮވިޑަށް ފައްސިވި އޮފިޝަލުގެ ކޮންޓެކް ޓްރޭސިންގ ހެދުމުގެ މަސައްކަތް ޑރ.އަބްދުއްސަމަދު ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އެންމެ ފަހުން ތިނަދޫއިން ކޮވިޑަށް މީހަކު ފައްސިވެފައިވަނީ މި މަހު 24 ވަނަ ދުވަހު އެވެ. ތިނަދޫއިން ޖުމްލަ 994 މީހަކު ކޮވިޑަށް ފައްސިވެފައިވާ އިރު މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 04 އެވެ.








ޚިޔާލު (2)
ފަރުދީޒިންމާ ނުނެގީ އެމަންޖެ ކޮވިޑް .
މިހެންވީމައޭ ސާންޕަލް ދިނުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރަންޖެހެނީ. ޒިންމާ އަދާ ނުކުރެވި މިއޮތީ. ޖަމާއތުގެ މަސްލަހަތަށްވުރެ އަމިއްލަ ސިޔާސީ އެދުންވެރިކަން އިސްކުރެވުނީދޯ.