ރެގިއުލޭޓަރީ ބަދަލުތަކާ އެކު ރާއްޖޭގެ ބަނދަރަށް ފުރަތަމަ ފަހަރަށް ކްރޫޒްލައިނާއެއް ވަދެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރެގިއުލޭޓަރީ ބަދަލުތަކާ އެކު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ކްރޫޒްލައިނާއާ އެކު 2،139 ފަސިންޖަރުންނަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން އޮމާންގެ މަސްކަޓުން އެން-ރޫޓް ކްލިއަރެންސްގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް" މޯލްޑިވްސް އިމިގްރޭޝަން

މިއީ މި ސީޒަންގެ ފުރަތަމަ ކްރޫޒް ޝިޕް، އެވެ. 'އެމްއެސް އައިޑާ ސްޓެލާ' 2140 ފަސިންޖަރުންނާއި 639 ފަޅުވެރިންނާ އެކު ރާއްޖޭގ ބަނދަރުކުރީ އިއްޔެއެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންޓްސް (މާޔާ)އިން ބުނީ ކްރޫޒްލައިނާއިން އައި ފަސިންޖަރުން ރާއްޖޭގެ ރަށްތަކަށް ޒިޔާރާތްކުރާނެ ކަމަށާއެި، އެގޮތަށް ދެ ދުވަސް ހޭދަކުރާނެ ކަމަށެވެ. މި ކުރޫޒްލައިނާރ ރާއްޖޭގައި މަޑުކުރާނީ ދެ ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު ކްރޫޒްލައިނާގެ މަންޒިލަކީ ސްރީލަންކާގެ ވެރި ރަށް ކޮލޮމްބޯއެވެ.