މާލޭ މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު 11:48 ހާއިރު ފަޔާ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ވަގުތުން ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފަޔާ ފައިޓަރުންގެ ހުނަރުވެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކާރުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 12:56 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއްވި އެވެ. މި ހާދިސާ ހިނގި ސަބަބު އަދި ވަނީ ހާމަކުރައްވާފައެއް ނުވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ނަމަވެސް، މި ހާދިސާއިން ލިބުނު މާއްދީ ގެއްލުމުގެ މިންވަރު އަދި އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.