އޮޑިފަހަރުގައި މަސްފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމ ނުވަތަ އާރުއެސްޑަބްލިއު ރެފްރިޖެރެޓެސް ސީވީޓާރ ނުވަތަ ލޮނުފެން ފިނިކުރާ ނިޒާމ ރާއްޖެއަށް އަލަށް ތައާރަފްކޮށްފިއެވެ.
އެ ނިޒާމ ރާއްޖެއަށް ތައާރަފްކުރެވުނީ ޔަންމާއިން ރާއްޖޭގައި ހަރަކާތްތެރިވާތާ 50 އަހަރު ފާހަގަކުރުމަށް ޑިސެމްބަރު 8 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައެވެ.
މިއީ ދިވެހި ސަރުކާރާއި ޔަންމާ އެމްޓީސިސީގެ ބައިވެރިވުމާއެކުގައެވެ.
މިކަމަށް މަސްވެރިންނަށް ބޭނުންވާ ފައިސާ ފޮރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކަރުން ނިންމާފައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ގްރާންޓް ޕްރޮގުރާމްގެ ދަށުންނެވެ.
ޔަންމާއިން އުފައްދާފައިވާ އާރުއެސްޑަބްލިއު ނިޒާމަކީ އިންޖީނަކާއި ޖަނަރޭޓަރެއްގެ އިތުރުން ލޮނިފެނުގެ އާ އީޖާދީ ޓެކޮނޮލޮޖީގެ އެހީގައި މަސްފިނިކޮށް ބަހައްޓައިދޭ ތަފާތު ނިޒާމެކެވެ. އެ ނިޒާމު ފަރުމާ ކުރެވިފައިވަނީ ދެމެހެއްޓެނެވި އިތުބާރުހުރި ފެންވަރު ރަނގަޅު ހައްލެއް މަސްވެރިންނަށް ހޮދައިދިނުމުގެ ގޮތުންނެވެ. އެ ނިޒާމުގެ ސަބަބުން މަސްވެރިން ބާނާ މަސް ތާޒާކޮށް އޭގެ ފެންވަރު ދަށް ނުވާނެހެން ބެހެއްޓުމަށް މަގުފަހުކޮށްދޭނެއެވެ.
އާރުއެސް ޑަބްލިއު ސިސްޓަމްއިން މަސް ފިނިކޮށް ބެހެއްޓުމައްޓަކައި ބޭނުންކުރާ ޓެކްނޮލޮޖީން ހައިޕްރެޝަރުގައި ކާބަންޑައިއޮކްސައިޑް ދޫކޮށްދިނުމުގެ ސަބަބުން ކުޑަވަގުތުކޮޅެއްގެ ތެރޭ ލޮނުފިންފިނިކޮށްދީ ފިނި ހިފަހައްޓައިދޭނެ ނިޒާމެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.