ރާއްޖެއަކީ މަސްތުވާތަކެތީގެ "ޓްރާންޝިޕްމަންޓް ބަދަރު" ކަމަށާއި މަސްތުވާތަކެތި އެތެރެކުރާ މީހުން މަރާލައިގެން ނަމަވެސް މިމައްސަލަ ހައްލުކުރަން ޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު ވިދާޅުވިގޮތުގައި ރާއްޖެ މިވަނީ އިރާން ޕާކިސްތާން ފަދަ ޤަމުތަކަށް މަސްތުވާތަކެތި ޓަރާންޝިޕްމަންޓް ކުރާ ޤައުމަކަށްވެފައި ކަމަށާއި މަސްތުވާތަކެތި އެތެރެކުރާ މީހުން މަރާލައިގެން ނަމަވެސް މިކަން ހުއްޓުވަން އެބަޖެހޭ ކަމަށެވެ.
"އިރާން، ޕާކިސްތާނު ފަދަ ގައުމުތަކުގެ ޑްރަގް ޓްރާންޝިޕްމަންޓް ބަނދަރަކަށް ދިވެހިރާއްޖެ ބަދަލުވެއްޖެ، ޕާކިސްތާނާއި އަފްޣާނިސްތާނާއި އިރާން ފަދަ ގައުމުތަކުން އެހެން ގައުމުތަކަށް މަސްތުވާތަކެތި މި ގެންދަނީ ވެސް ރާއްޖެއަށް އެ ތަކެތި އެތެރެ ކުރުމަށް ފަހު،" -އުމަރު ނަސީރު
އުމަރު މިހެން ވިދާޅުވެފައިވަނީ އުމަރު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ރޭ އާންމުންގެ ޚިޔާލު ވެސް ފާޅުކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ގުޅޭ ގޮތުން އުމަރުގެ ސިޔާސަތު ހާމަ ކުރަން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުމަރު އިތުރަށް ވިދާޅުވިގޮތުގައި މަސްތުވާ ތަކެތީގެ މައްސަލަ ރާއްޖޭގައި ދުވަހެއް ދުވަހެއް އިތުރުވަމުންދާކަމަށާއި ސަބަކަށް ވަނީ ސިޔާސީ ލީޑަރުގެ ނިޔަތްކަމަށް އުމަރުވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން އުމަރު ހޯމްމިނިސްޓަރަކަށް ހުންނެވިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ސަލާމަތަށް ފަނޑިޔާރުންނާއި ވިޔަފާރިވެރިންގެ އިތުރުން ސިޔާސީ ބާރުގަދަ ވެރިންވެސް މަސައްކަތް ކޮށްފައިވާކަމަށް ދެންނެވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.