1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހައުސިންގމިނިސްޓްރީ ހުރި އިމާރާތުގައި އަލިފާން ރޯވެއްޖެ؛ ދުމުގެ އަސަރު ސަރަހައްދަށް ދަނީ ފެތުރެމުން

4ރ
ހައުސިންގ މިނިސްޓްރީ ހުރި އިމާރާތުގައި ރޯވެ އަނދަނީ؛ އަރަމުންދާ ދުމުން މުޅި ބޮޑު ތަކުރުފާނު މަގު އޮތީ ކަޅު ކޮށްލާފަ/ އެމްއެންޑީއެފް
މަރްޔަމް ޝަފާ ސައީދު
368ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހުރި އިމާރާތުގައި ރޯވި އަދަން ފަށައިފިއެވެ. މި ހާދިސާގައި އަލިފާނުގެ ދުމުގެ އަސަރު މުޅި އެ ސަރަހައްދަށް ދަނީ ފެތުރެމުންނެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތުދީފައިވާ ގޮތުގައި، ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ،

މި ވަގުތު އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ނަމަވެސް، އަލިފާނުގެ ބޮޑުކަމާއި ދުމުގެ ގަދަކަމުން މަސައްކަތަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

300 × 250

މިއަދު ހެނދުނު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހުރި މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ސަރަހައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ރައްކާތެރިކަމުގެ ގޮތުން އެ ސަރަހައްދު ވަނީ އާންމު ޓްރެފިކަށް ބަންދުކުރެވިފައެވެ.

4ރައީސް، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ވަޑައިގެން/ފޮޓޯ:އެމްވީކްރައިސިސް

އަލިފާން ރޯވެގެން އުޅޭ ސަރަހައްދަށް މީގެ އިރުކޮޅެއް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނާ އެކުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ވަޑައިގެންނެވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި