މިއަދު ހެނދުނުގެ ވަގުތެއްގައި ހައުންސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް ލިޔުމަކަށް އަސަރު ނުކުރާ ކަށް އެ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން މިހެން ބުނީ މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ގ

ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ މައުލޫމާތެއް ހުރީ ރައްކާތެރިކޮށް ކަމަށާއި އެމައުލޫމާތުތަކަކީ ކްލައުޑްހޯސްޓިންގ ގައި ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ މައުލޫމާތުތަކެއް ކަމަށްވާތީވެ، މިއަލިފާނުގެ ހާދިސާގައި އެމައުލޫމާތުތަކަކަށް އެއްވއސް ގެއްލުމެއް ނުލިބޭނެ ކަމަށް އާންމުންގެ މައުލޫމާތަށްޓަކައި ހާމަކުރާ ކަމަށެވެ.

އަދިވެސް އިތުރަށް އެބަޔާނުގައި ބުނެފައި ވަނީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.