މިއަދު ހެނދުނު ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑުގެ ބޮޑުބައި ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ޓިނު ބިލްޑިންގ ވަރަށް ބޮޑަށް އަނދާ ހުލިވެފައިވާ ކަމަށާއި، އެ ބިލްޑިންގގެ 90 އިންސައްތަ މިހާރު ނިއްވާލެވިފައިވާ ކަމަށެވެ. ނަމަވެސް، ގްރީން ބިލްޑިންގގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާގައި އަދިވެސް އަލިފާން ވަނީ ރޯވެފައިކަންވެސް ފާހަގަކުރިއެވެ. އަދި ޓިނު ބިލްޑިންގގެ އޮޕޮޒިޓަށް ވާގޮތަށް ހުރި "މަހުމާ ވިލާ" ގައި ކޮންމެވެސް ވަރަކަށް އަލިފާން ހިފައިފައިވާކަމަށް ވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އިންސިޑެންޓް ކޮމާންޑަރ ވިދާޅުވިގޮތުގައި، ހައުސިން މިނިސްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް ލިބިފައިވަނީ މިއަދު ހެނދުނު 6:27 ހާއިރުއެވެ. މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އެމްއެންޑީއެފްއިން އެ ސަރަހައްދުގައި މަސައްކަތްކުރަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.







ޚިޔާލު (1)
ތިކަން ހިނގާ ދިޔަ ގޮތުން ތިއީ ތިތާ ގެ ބޮޑެތި މީހުން ޖަރީމާ ހިންގުމަށް ފަހު ކުރިކަމެއް އެހެން ވީމާ ބޭރުގެ ތަޙުޤީޤު ޓީމެއް ގެނެސް ތަޙުޤީޤު ކުރަންޖެހޭ