ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު މިއަދު ނިންމާލުމަށް ނިންމައިފިއެވެ. މިކަން އިޢުލާނުކުރެއްވީ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، މިދައުރު މިއަދު ނިންމާލުމަށް ނިންމާފައިވާތީ، ޖަލްސާގެ އެޖެންޑާގައި ހިމެނޭ ހުރިހާ މަސައްކަތެއް ނިމެންދެން ޖަލްސާ ކުރިއަށް ގެންދާނެއެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގައި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް ތާވަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އަސްލު ހަމަވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް، ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްޓަކައި، މެންބަރުންގެ ވޯޓަކާއެކު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދައުރު ދަންމާލާފައިވެއެވެ.
މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.