އެޑްވޮކަސީ އިވެންޓް އޮން ކޮޑެކްސް ފޮރ ޕޮލިސީ މޭކާރސް ސިޔާސަތު ކަނޑައަޅާ ފަރާތްތައް ކޮޑެކްސް އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

ކޮޑެކްސް އެލިމެންޓޭރިއަސް ކޮމިޝަން އަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއިބެހޭ ޖަމްޢިއްޔާ ގުޅިގެން އުފައްދާފައިވާ ބައިނަލްއަޤްވާމީ ކޮމިޝަނަކެވެ.

އެ ކޮމިޝަންގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން ދިވެހިރާއްޖެ ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގައި ކޮޑެކްސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް 'ކޮޑެކްސް ޓްރަސްޓް ފަންޑް'ގެ އެހީގައި ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އަދި މިމަސައްކަތު ބައްދަލުވުމަކީ ވެސް މިގޮތުން ހިންގާ ހަރަކާތެކެވެ.

އެ މަސައްކަތު ބައްދަލުވުމުގެ މަގްޞަދަކީ ކޮޑެކްސް އެލިމެންޓެރިއަސް ކޮމިޝަންގެ މަސައްކަތްކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަހުލުވެރިކޮށް ދިވެހިރާއްޖޭން ލިބޭ އަދި ދިވެހިރާއްޖޭން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުގެ އެކިއެކި މުޢައްސަސާތައް އަދި އަމިއްލަ ފަރާތްތައް އެކުއެކީ މަސައްކަތްކުރުމުގެ މަގު ތަނަވަސްކުރުމެވެ.