މުލަކަތޮޅު ކޮޅުފުށީގައި އާ ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފިއެވެ.
މި ޓްރެކް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޝާން އެވެ. މި ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ އިއްޔެ ހެނދުނު މ.ކޮޅުފުށީގައެވެ.
މި އަާ ލައިސަންސް ޓްރެކް ހުޅުވުމާއެކު، މުލަކަތޮޅު ކޮޅުފުށިން 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މިއީ އަތޮޅުތެރޭގައި މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ޓީމެއް ވަނީ މ.ކޮޅުފުއްޓަށް ގޮސްފައެވެ. މި ޓީމުގައި ހިމެނެނީ މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އަލީ ނިޝާން ވިދާޅުވީ، މި ޚިދުމަތް ފެށުމުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި މާލެއަށް ދަތުރުކޮށް، ވަގުތާއި ޚަރަދު ކުރުމަކާ ނުލައި ލައިސަންސް ހެއްދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.