ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ވީހާވެސް އަވަހަށް ދެވޭނެ ގޮތް ވުމަކީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ދެ ސެކްޝަނެއް އަނދައިގެން ދިއުމާ ގުޅިގެން، ޑޮކިޔުމަންޓްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ފެށުމާއި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުތައް ކައުންސިލްގެ މުވައްޒަފުންނާ ހިއްސާކުރުމަށް މިއަދު ގަލޮޅު މަދަރުސާގައި ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ގުޅޭ ޢިމާރާތުގައި ހިންގަމުން ދިޔަ، ވައިޓަލް ރެޖިސްޓްރޭޝަނާއި، ލޭންޑް އެންޑް ބިލްޑިންގ ޑިޕާރޓްމަންޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ދެ ޑިޕާރޓްމަންޓުގެ މަސައްކަތް، އަލުން ފަށައިގެން ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.