ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންގެ ދަފްތަރުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ރަޖިސްޓަރ ވެފައިވާ ކަމަށް މަތީތައުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން އެކުލަވާލައިފައިވާ ދަފްތަރުގައި، 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނާއި އެކު ޖުމްލަ 2،116 ދަރިވަރުން ވަނީ މިހާތަނަށް ރަޖިސްޓްރީވެފައެވެ.
އެފަދަ ދަފްތަރެއް ޤާޢިމުކުރުމުގެ މަޤްސަދަކީ ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނާއި ގުޅޭ މުޙިއްމު ކަންކަން ބެލެހެއްޓުމުގައި ލުއިފަސޭހަކަން ހޯދުމުގެ އިތުރުން ދިވެހި ދަޢުލަތުގެ ފަރާތުން އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮއްދިނުން ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.