އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ގޮސްފައިވަނީ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އަދިވެސް ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެވެ. ޝަރީފު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީޕީގެ އިންތިޚާބު ނިމުމާއެކު ރައީސް ޞާލިޙަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ރައީސަށް ވަފާތެރި ކެނޑިޑޭޓުން ކާމިޔާބުކޮށްފައިވާކަމަށް ބުނެފައެވެ.

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންދިޔައީ މެޖޯރިޓީ ރައްޔިތުންގެ އަދިވެސް އެދެނީ، ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށްކަމަށް.

– ޝަރީފް ވިދާޅުވިއެވެ. https://twitter.com/AdduShareef/status/1442067548594339849?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1442067548594339849%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fdhiyares.com%2F29844 އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ޝަރީފް ވިދާވީ އެނަތީޖާއިން ހާމަކޮށްދެނީ ރާއްޖޭގައި އަދިވެސް އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. ފާއިތުވެދިޔަ 12 އަހަރު ރާއްޖެ ތަޖުރިބާކުރި ރިޔާސީ ނިޒާމާއިއެކު ކުރިއަށް ދިއުމަކީ އިއްޔެގެ ވޯޓުގެ ނަތީޖާގެ މެޖޯރިޓީ ރައްޔިތުން އާބަސް ބުނެފައިވާ ގޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.