އަންހެނުން ބާރުވެރިކުރުވުމަކީ ވިލުންތެރި މުޖްތަމަޢުއެއް ބިނާކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ނައިބުގެ ރައީސްގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދަޅުވީ، "އެމްޕަވަރިންގ ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޯރމޭޝަން" ތަމްރީން ޕްރޮގްރާމް ފެށުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްއަކީ އިޤްތިޞާދީގޮތުން ބާރުވެރިވެފައިވާ އަންހެނުން އިތުރުވެ، އެ ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވަން ބާރު ލިބި، ފުޅާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.
އެރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދު ވަނީ ވިޔަފާރިތަކުގައި އަންހެނުން ދައުރުގެ މައްޗަށް އަލިއަޅުވައި ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި މިންތީގެ ހަމަހަަމަކަން ޤާއިމްކުރުމަކީ މުހިންމު ސިޔާސަތެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރައްވާ މަސައްކަތާއިއެކު 2030 ވަނަ އަހަރު އަންނަންވާއިރު ފަންނިޔާތުގެ ދާއިރާ އިޤްތިޞާދުގައި ހިއްސާ ކުރާ މިންވަރު 15 އިންސައްތަ އިތުރުކުރުމަށް ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.