ތިނަދޫގެ ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާމެދު މުއާމަލާތް ކުރަން ޖެހޭ މޭރުމާއި ހިލާފަށް މުއާމަލާތް ކުރުމުން މުވައްޒިފަކު ސަސްޕެންޑު ކޮށްފިއެވެ. ޖެންޑާ މިނިސްޓްރީން އިއްޔެ ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދެކުނުގެ އަތޮޅެއްގައި ހުރި ކުއްޖެއް ރޭގެ ވަގުތެއްގައި، އެކުއްޖާ ހުރި ރަށުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށެވެ. އަދި އެ ކުއްޖާއަކީ ނަފްސާނީ ބައްޔަށް ބޭސް ކުރަމުން އަންނަ ކުއްޖެއް ކަމަށްވެސް ޖެންޑާއިން ބުންޏެވެ.
"މިކަމާއި ގުޅިގެން މި ސަރވިސް އިން ބަލަން ޖެހޭ ކަންކަން ހުރިކަމަށް ފެންނާތީ އެކަންކަން ބަލަން މިހާރު ވަނީ ފަށާފަައި. މިކަމުގެ މައުލޫމަތު އޮމްބަޑްސް ޕާސަންއާ ވަނީ ހިއްސާ ކުރެވިފައި. ކުއްޖާގެ ކަންކަމާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އެ ކަންކަން ބަލާ ނިމެންދެން މުވައްޒިފަކު ވަނީ ސަސްޕެންޑް ކޮށްފައި" - ޖެންޑާއިން މިއަދު ބުނެފައިވެއެވެ.
ޖެންޑާ އިން އިތުރަށް ބުނީ، މި މުވައްޒިފު ސަސްޕެންޑް ކޮށްފައިވަނީ ކުއްޖާއާ މުއާމަލާތް ކުރަން ޖެހޭ މޭރުމާއި ހިލާފަށް މުއާމަލާތް ކުރުމާއި ކުއްޖާ ބެލެހެއްޓުމުގަިއ ކުއްޖާއާމެދު އަމަލު ކުރަން ނުޖެހޭ ގޮތަށް އަމަލުކޮށްފައިވާތީ ކަމަށެވެ. ކުއްޖާގެ އާއިލާގެ ފަރާތުން މައުލޫމާތު ދެއްވަމުން ބުނީ އެކުއްޖާ ބޭސް ކެއުމަށް ފަހު މަގުމައްޗަށް ނިކުމެ އުޅެނިކޮށް ފުލުހުންނާއި ޖެންޑާރ ގެ އިތުރުން އާއިލާގެ މީހުން ގޮސް އެކުއްޖާ ހޮސްޕިޓަލަށް އިއްޔެ ހަވީރު ގެންދިޔަ ކަމަށެވެ. އަދި މިހާރު މިކުއްޖާވަނީ ކުއްޖާ މަންމަގެ އާއިލާ މީހަކާއި ހަވާލުކޮށްފައި ކަމަށްވެސް އާއިލާއިން މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އާއިލާއިން ބުނީ، އެކުއްޖާ އަކީ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔައިރު ނަފްސާނީ އެއްވެސް މައްސަލައެއް ހުންނަ ކުއްޖެއް ނޫންކަމަށާއި ނަމަވެސް އެކުއްޖާއަށް ނަފްސާނީ މައްސަލައަށް ބޭސްދެމުންދާ ކަމަށެވެ. އަދި އެކަން މީގެ ކުރިން އާއިލާއަށް އަންގާފައި ނުވާކަމަށްވެސް އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ. ޖެންޑާރ ގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވާކަމުގެ އަޑުތައް ގިނަވެފައި ވާއިރު، ހުޅުމާލެ ގައި ހުންނަ ފިޔަވަތީ ގައި ވެސް ބޮޑެތި ގޯސްތަކެއް ހުރި ކަން ފާހަގަ ކޮށްލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.