އދ. ފެންފުށީ މަގުތަކުގައި އުނދުން ޖަހައިގެން ކެއްކުން އިތުރުވެފައިވާތީ، އެފަދަ ކަންކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ފެންފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ކައުންސިލުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކައުންސިލުގެ ހުއްދައަކާ ނުލައި، މަގުމަތީ ޖޯލި، ގޮނޑި، މޭޒު ފަދަ ތަކެތި ބަހައްޓައިގެން އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް އެ ރަށު މަގުމަތީގައި އުނދުން ޖަހައިގެން ބައެއް މީހުން ކައްކާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އަދި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ މަގުމަތީ ކެއްކުމާއި، އެހެނިހެން ކަންކަން ކުރާ މީހުންނަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.