ކ. ގުރައިދޫގައި ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ދަންވަރު ނިޔާވި އުމުރުން އެންމެ ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު މަޢުލޫމާތު ދިން ގޮތުގައި މި ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މިއަދު މެންދުރު 12:00 ގެ ފްލައިޓުންނެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ކުއްޖާ ނިޔާވި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.
މި ކުއްޖާ ގުރައިދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވަނީ އެރޭ ދަންވަރު 12 ޖެހިއިރު ފަހުންނެވެ. ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ވެއެވެ. އަދި ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރިކަންވެސް ފާހަގަކުރެވިފައިވެއެވެ.
ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ކުއްޖާއަށް ޖެހުނީ ހާޓް އެޓޭކެއް ކަމަށް ބަލައި، ހިނަވަން ހުއްދަ ދިން ކަމަށެވެ.
ނަމަވެސް، އެ ރަށުން ބަޔަކު މައްސަލަ ޖެއްސުމާ ގުޅިގެން ފުލުހުން މައްސަލަ ބަލަން ފަށާފައިވާ ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ.
މިހާރު އާއިލާއިން ވެސް އޮޓޮޕްސީ ހެދުމަށް އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.