މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ފަރާތުން ފޯރުކޮށްދެއްވާ ހިދުމަތްތަކާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަދަ ފުރުސަތެއް އާންމުންނަށް ހުޅުވައިލުމުގެ މައިގަނޑު މަގުސަދަކީ އެމްއެންއެސްޑީއޭ އިން ފޯރުކޮށްދެއްވާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކު ރަމުން އަންނަ އެމްއެންއެސްޑީއޭ އަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރި ދާއިރާތަކަށް ބޭނުންވާ ޤާބިލް ޒުވާނުން ބިނާކުރުމަށް ސަރުކާރުން ގާއިމު ކޮށްފައިވާ އިދާރާއެކެވެ. އެ އިދާރާ އިން ފޯރުކޮށްދެއްވާ ތަފާތު ހިދުމަތްތަކާއި ގުޅޭގޮތުން އޮންލައިންކޮށް ޝަކުވާ ނުވަތަ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވައިލެވިފައެވެ.

ޙިޔާލު ހުށަހެޅުމަށް އެމްއެންއެސްޑީގެ ސޯޝަލް މީޑިޔާގައިވާ ނުވަތަ މި ހަބަރުގައި އެކުލަވައިލެވިފައިވާ ކިއު އާރް ކޯޑް ސްކޭން ކޮށްލައްވައިގެން ހުށަހެޅޭނެއެވެ.